ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާ ދެކޮޅަށް ކަންކަން ކުރުމަށް މަލީހުގެ ކާރު ވަނީ ބޭނުންކޮށްފައި: ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާދެކޮޅަށް ކަންކަން ރާވައި ހިންގުމުގައި ދައުލަތުގެ ކާރު ޓެލެކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބޭނުންކުރައްވާފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ތުހުމަތު ކުރައްވައިފިއެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. 14 މެމްބަރުންގެ ސޮޔާއެކު މަލީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މަލީހުއަށް ދައުލަތުން ފޯރުކޮށްދީފައިވާ ކާރުކޮޅުގައި ސަރުކާރާ އިދިކޮޅު ސަރުކާރަށް ޖެއްސުންކުރާ އުނދަގޫވާ ގޮތަށް މަސައްކަތްކުރާ މީހުން ކާރުކޮޅުގައި އުފުލުން އާންމުކަމަކަށް ހަދާފައިވާ ކަމަށެވެ.

“ދައުލަތުން ދީފައިވާ ކާރުކޮޅުގައި ސަރުކާރާ އިދިކޮޅު މީހުން އުފުލުން އާންމު ކަމަކަށް ހަދާފައިވޭ. އެ ކާރުކޮޅުގައި ސަރުކާރާ ދެކޮޅު ހަރަކާތްތައް ރާވައި ހިންގައި ބައިވެރިވުން އާންމު ކަމަކަށް ހަދާފައި އެބަ އޮވޭ،” ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: