ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާޒު ވިދާޅުވަނީ މަލީހުގެ އިތުބާރު އެބައޮތް ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ މައްސަލައެއް ނެތް ކަމަށާއި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. 14 މެމްބަރުންގެ ސޮޔާއެކު މަލީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މިހާތަނަށް އައި އިރުވެސް ސަރުކާރުގެ ފަރާތުން މަލީހުގެ ވާޖިބު އަދާނުކުރާކަމަށް އެއްވެސް ހިސާބަކުން ޖޭޕީގެ ލީޑާޝިޕާއި ހިސާބަށްވެސް އަދި ޕާޓީގެ މެމްބަރަކާވެސް ހިއްސާކޮށްފައި ނުވާކަމަށެވެ.

“މަލީހް ވަކި ކުރުމަށް މަޖިލީހުން ކުރާ މަސައްކަތަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން، އިތުބާރު ނެތް ކަމަށް ސަރުކާރުން މިހާތަނަށް ވެސް ވިދާޅުނުވާ ކަމެއް، މަޖިލީހުގައި ކުރާނީ ސިޔާސީ މަސައްކަތެއް، ސިޔާސީ ގޮތުން މަލީހްއާ ދޭތެރޭ ކަންކަން ކުރަނީ، މަލީހް މަސައްކަތެއް ނުކޮށްގެން ނޫން ވަކިކުރަން މި އުޅެނީ،” ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިނިސްޓަރު މަލީހަކީ ވަރަށް އިޚްލާސްތެރި އަދި ވަޒީރު ކަމަށް ގާބިލް ބޭފުޅެއް ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: