ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ވަޒީރެއް ވަކިކުރަންވީމަ ފިސްތޯލެއް ނުލާނެ: ސިރާޖު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގައި ވަޒީރެއް ވަކިކުރަންވީމަ ފިސްތޯލެއް ނުލާނެ ކަމަށާއި ކަންކަން ހިނގާނީ ގާނޫނު އަސާސީގެ ތެރެއިން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ.

މިކަމާ ގުޅިގެން ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފަނޑިޔާރަކު ވަކިކުރަންވީމަ ފުރާޅުން ޓިނެއް ނުނަގާނެ ކަމަށާއި ވަޒީރެއް ވަކިކުރަންވީމަ ފިސްތޯލެއް ނުލާނެ ކަމަށެވެ.

‏”މިހާރު ކަންކުރާނީ ޤާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކުރާ އިޖްރާއަތްތަކާ އެއްގޮތަށް. މަޖިލިސް19 ތަފާތުވާނެ.” ސިރާޖު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ 2015 ވަނަ އަހަރު އޭނާ 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެެވެ. ނާޒިމް ވިދާޅުވާ ގޮތުގައި އޭނާ ފްރޭމް ކޮށްފައިވަނީ ރައީސް ޔާމީން އިސްވެހުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: