ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން މިހާތަނަށް 117،115 މީހުން ވެކްސިން ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިހާތަނަށް 117،115 މީހުން ކޮވިޑް ވެކްސިން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އެކަނި 5،700 މީހުން ވަނީ މުޅި ރާއްޖެއިން ވެކްސިން ޖަހާފަ އެވެ.

މިއަދު މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 2،088 މީހުންނެވެ. އަތޮޅުތަކުން މިއަދު ވެކްސިން ޖެހީ 3،612 މީހުންނެވެ.

މިހާތަނަށް މާލެއިން ޖުމްލަ 77،251 މީހުން ވެކްސިން ޖަހާފައިވާއިރު، އަތޮޅުތަކުން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ 39،864 މީހުންނެވެ.

މާލޭ ސިޓީގައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެ އެވެ. ވެކްސިން ޖެހުމަށްޓަކައި ހަ ވެކްސިނޭޝަން ސެންޓަރެއް މާލޭ ސަރަހައްދުގައި ވަނީ ގާއިމްކޮށްފަ އެވެ.

މާލެ ސަރަހައްދުގެ ވެކްސިނޭޝަން ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު
  • އިސްލާމީ މަރުކަޒު
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު
  • ހުޅުމާލޭ ކުރީގެ ފްލޫ ކުލިނިކް
  • ރައްޔިތުންގެ މަޖިލިސް
  • ޓްރީޓޮފް ހޮސްޕިޓަލް

އެ ތަންތަނުން 20 އަހަރުން މަތީގެ ކޮންމެ މީހަކަށް މިހާރު ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މާލޭގައި ވެކްސިނަށް އޮތް ތަރުހީބު ވަރަށް ދަށް ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެކްސިނޭޝަން ސެންޓަރުތަކަށް ގޮސް ވެކްސިން ޖެހުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: