ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނަށްވުރެ މަތިން އޮޕަރޭޓްކުރާ މަޖިލިސް މެމްބަރުންނަަށް ވަގުތުން ފިިޔަވަޅު އަޅުއްވާ: މަލީހު

މަލީހު ޖަމާލް - ކޮމިއުނިކޭޝަން މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އުފަންދުވަސް ފާހަގަކުރުމުން ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަމުން އިއްޔެ ވަކިކުރެއްވި މުޙައްމަދު މަލީހު ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ގައިދުރުކަމެއްނެތި އާޒިމްގެ އުފަންދުވަސް ފާހަގަކުރުމަށް އިއްޔެ ބޭވި ޕާޓީގައި އުފާ ފާޅުކުރާ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.

އެ ވީޑިއޯއަށް އިޝާރާތްކުރައްވާ މަލީހު ވަނީ، ރައްޔިތުންނަށް ފޮރުވައިގެން އިތުރު ޤާނޫނު އަސާސީއެއް މަޖިލިސް މެންބަރުން ގެންގުޅުއްވަނީތޯ ސުވާލު ކުރައްވާފައެވެ.

މަލީހު ވިދާޅުވީ، ޤާނޫނަށްވުރެ މަތިން އޮޕަރޭޓްކުރާ މަޖިލިސް މެމްބަރުން ފަދަ ފަރާތްތަކަށް ވަގުތުން ފިޔަވަޅު އެޅެންވާނެކަމަށާއި، ރައްޔިތުން ޖޫރިމަނާ ކުރެވޭންވާނީ އޭގެ ފަހުންކަމަށެވެ.

މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، އެއްފަހަރާ 10 މީހުނަށްވުރެ ގިނަ މީހުން އެއްތަނެއްގައި އެއްވެ ތިބުމަކީ މަނާކަމެވެ. އަދި ޕާޓީތަކާއި ހަފްލާތައް ބޭއްވުންވެސް އެއީ މަނާކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: