ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ކުއްޖެއް ޕުއްޕާމޭގައި ތާށިވެފައި އޮތް ބުރުގާ ޕިނެއް 2 އަހަރު ފަހުން ނަގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އުމުރުން 12 އަހަރުގެ ދިވެހި ކުއްޖެއް ޕުއްޕާމޭގައި ތާށިވެފައި އޮތް ޕިނެއް ދެ އަހަރު ފަހުން ނަގައިފިއެވެ.

ނޭވާލާނިޒާމުގެ ބަލިތަކާ ބެހޭ އައިޖީއެމްއެޗުގެ ހާއްސަ ޑޮކްޓަރު، މުހައްމަދު އިސްމާއީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ12 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާ މޭގައި ފިނެއް ތާށިވެފައި އޮންނަތާ ދެ އަހަރު ފަހުން ނަގާފައިވާ ކަމަށެވެ.

ޑރ. އިސްމާއިލް ވަނީ މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ގެންދިއުމުގައި ހަރަކާތްތެރިވި ނޭވާލާނިޒާމުގެ ބަލިތަކާ ބެހޭ އައިޖީއެމްއެޗުގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އާއި ޑރ. މޫސާ ހުސައިން އަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޑރ. އިސްމާއިލް ވިދާޅުވީ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ކުޑަކުދިން މި ފަދަ ކުދިކުދި އެއްޗެހި ދިރުވާލައިގެން ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހިފައި ވެ އެވެ.

ހާއްސަކޮށް ބުރުގާ ޕިން ދިރުވާލެވިގެން އޮޕަރޭޝަން ކުރަން ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެ ފައެވެ.

މީގެ ކުރިން ކުޑަކުދިންގެ ފުއްޕާމެއިންނާ، ނޭވާ ހޮޅިންނާއި އަދި ބަނޑުން ވެސް ބުރުގާ ޕިން ނަގާފައިވެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 72%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: