ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތު ދޭތީ އަދަދުތައް ތިރިކުރަން ދަތިވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތު ދޭތީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅެމުން އަންނަ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތުދޭކަން މިހާރަކަށް އައިސް ފާހަގަކުރެވެމުން އަންނަ ކަމަށާއި އެއީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އެހެންކަމުން ކޮވިޑަށް ޕޮޒިޓިވްވާ ކޮންމެ މީހަކު ވެސް އެމީހަކާ ކޮންޓެކްޓްވެފައިވާ އެންމެންގެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މިފަދަ ކަންތައްތަކުގެ ސަބަބުން އޮފީސް މާހައުލުގައި ކޮވިޑް ފެތުރުން އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ކުރާ މާލޭ ސިޓީގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް އެކަށީގެންވާ ގޮތެއްގައި އަމަލުކުރާތަން ނުފެންނަ ކަމަށް ހިތާމަޔާއެކު ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި އެންމެ އުނދަގޫ ވަނީ ކޮވިޑަށް ޕޮޒިޓިވް ނަތީޖާ ލިބޭ ހިސާބުން އެ މީހަކު ކަރަންޓީނާ ހިލާފުވިކަން އެނގުމުން ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތު އޮތް މިންވަރުން ދިވެހިން ހޭލަންވެއްޖެ ކަމަށާއި މިހާރު މި އޮތީ ކިރިޔާ ހިފެހެއްޓޭ ހިސާބުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: