ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭލެވެލް އިމްތިހާނު މިއަހަރު އޮންނާނެ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ.ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މިއަހަރުގެ މެއި ޖޫންގައި އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޭލެވެލް އިމްތިހާނު ބާއްވަން ނިންމާފައިވާ ކަމަށާއި އިމްތިހާނުގައި ބައިވެރިވުމަށް މިމަހުގެ 11 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ރާއްޖޭގައި ބާއްވާނީ އެޑެކްސެލް އިން ދޭ އިމްތިހާނެއް ކަމަށާއި، މި އިމްތިހާނަށް ފަހު ސެޓްފިކެޓުވެސް ދޭނީ އެޑެކްސެލް އިން ކަމަށެވެ.

އިހްސާން ވިދާޅުވީ އިމްތިޙާން ކުރިއަށްގެންދިޔުމަށް ނިންމާފައިވުމާއެކު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަންވާނެކަމަށެވެ. އަދި އެޕްލިކޭޝަން ހުށައަޅާއިރު ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި އެޕްލިކޭޝަން ހުށައެޅުމަށް ކުޑަ މުއްދަތެއް ދީފައިވަނީ މުއްދަތު އިތުރުކޮށްފިނަމަ އިމްތިހާން ބޭއްވުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެތީކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: