ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަނުން ކައުންސިލް އިންތިޚާބު ވަގަށް ނަގަން މަސައްކަތް ކުރޭ: ޕީޕީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިޚާބު ވަގަށް ނަގަން މަސައްކަތް ކުރާ ކަމަށް ޕީޕީއެމް އިން ތުހުމަތުކޮށްފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބަށް ކުރިމަތިލާ އިރު އެންމެ ދެރަ ކަމަކީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ކައިރިއަށް ދެވޭނެ ގޮތެއް ނެތުން ކަމަށެވެ.

އދި ރީރެޖިސްޓްރޭޝަންގެ މަރުހަލާ އާ މެދު ސުވާލު އުފެދޭ ކަމަށާއި ރީރެޖިސްޓްރޭޝަން އާ ގުޅުން ހުރި ކަންކަން ބަދަލު ކުރުމަށް ކޯޓަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމަކީ ވަަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ..

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާގޮތުން އެ ކޮމިޝަންގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: