ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެއިހް ޒައިދުު އަށް ހާމިދު ފެންނަ ގޮތް: ސަރުބަތު ހިތްޕަވައިިގެން ޔޫރިން ނުދީ އުޅޭ ހޮނޑައިދޫ ރައްޔިތެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އަކީ ސަރުބަތު ހިތްޕަވައިގެން ޔޫރިން ނުދީ އުޅޭ ހޮނޑައިދޫ ރަތްޔިތެއްގެ ގޮތުގައި ސެއިިހް އަލީ ޒައިދު ސިފަކުރައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ އެ މުއައްސަސާގެ ބޯޑަށް އައްޔަން ކުރާ އާންމުންގެ މެންބަރަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އައްޔަން ކުރަން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ވަނީ ފާސްކޮށްފަައެވެ.

މިކަމާއި ގުޅިގެން ސެއިޙް އަލީ ޒައިދު މިއަދު ކުރެއްވިި ޓުވީޓެއްގައި ވިދާާޅުވީ ސަރުބަތު ހިތްޕަވައިގެން ޔޫރިން ނުދީ އުޅޭ ހޮނޑައިދޫ ރަތްޔިތެއް ޕޮލސް ބޯޯޑްްްއަށްް އައްޔަަަނުކުުުރަަަން އުުޅުމަަކީީ ބަަަަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

އަދި އޭނާވަނީ ވޭތުވެދިޔަތަނުގައި, ކަނޑައެޅިގެން ގިސާސްގެ ހުކުމައް ވެސް ފާޅުގައިި އިންކާރުކޮށްފައިކަމައް ޒައިދުގެ ޓުވީޓުގައިވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މިހާރު ވަނީ ހާމިދުގެ ނަން ފާސްކޮށްފައެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ނޮވެމްބަރު 16، 2012 ގައި ހދ. ހޮނޑައިދޫގައި ހުއްޓައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރިއެވެ. ފުލުހުންގެ އެންގުމަށް ކުޑަކަމުދާ ތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: