ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިނިވަން ކަމެއް ނެތް، ސަލާންޖަހާ ގައުމަކަށް ރާއްޖެ ވެއްޖެ”

ޝެއާރކޮށްލާ ކަހަލަދޯ؟

ކާބަފައިން ބުނެ އުޅޭ ހަރުބަހެއް ކަމަށްވާ “އެދުމެއް ނެތި ވެދުމެއް ނުކުރާނެ” އުސޫލުން ރާއްޖެ ސަލާންޖަހާ ދަރަޖައަށް ވެއްޓި، ބަޔެއްގެ އަޅުވެތިކަމަށް ގޮސްފި ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި މިރޭ އިފްތިތާހު ކުރި ސިޔާސީ ހަރަކާތުގައި ބައިވެތިވެ ވަޑައިގެން ދުންޔާ ވަނީ ރާއްޖޭގައި މިހާރު އޮތް ހާރިޖީ ސިޔާސަތުތަަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތާމެދު ލަދު ގަންނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ވަކި ޤައުމަކަށް ބަރޯސާވެގެން ކުރަމުންދާ ކަންކަމީ އެކަންކަމުގެ ސަބަބުން މުސްތަގްބަލުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަންތައްތައް ކަމަށެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތާމެދު ލަދު ގަންނަ ކަމަށް ވިދާޅުވެ ދުންޔާ ވަނީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި ބޭރުގެ ގައުމުތަކުން އަބަދު އެހީ ހޯދާ ގައުމަކަށް ރާއްޖެ ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

“އަމިއްލަ މިނިވަން ގައުމެއްްގެ ގޮތުގައި ފަހުރުވެރި ތާރީހެއް އޮތް މި ގައުމު މިއަދު ވަނީ އަޅުވެތިވެފައި. 1965 ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މި ގައުމަކު ނެތް. އެ އަހަރު ޖުލައި 26 ގައި ރާއްޖެ ކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދުގެ ސަރުކާރުން ވަނީ ހަނދާން ނެތިފައި. ބޭރުގެ ގައުމުތަކުން، ވަކިން އެއް ގައުމަކުން ސަލާން ޖަހާ ގައުމަކަށް ވެފައި” ދުންޔާ ވިދާޅުވި އެވެ.

ޑީއެންއޭގެ ނަމުގައި ރޭ އިފްތިތާހް ކުރެވުނު ސިޔާސީ ހަރަކާތާއި އެކު ސަރުކާރު ޒިންމާރު ކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި މިހާރު އިދިކޮޅުގައި ތިބި ޕީޕީއެމް ޕީއެންސީއަށް ސަރުކާރަށް ރަނގަޅު ޕްރެޝަރެއް ނުދެވޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: