ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލީ އެދުނީ ހަނގާ ކުރުމާ ދެކޮޅަށް ނިކުތުމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ނަޒްރާ ނަސީމުގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހުލޫފް (އެލީ) ގެ އުފަންދުވަހު އާންމުންނަށް މިފަހަރު ދޫކޮށްލި ލަވައިން އާންމުންނަށް އެލީ އެދުނީ ހަނގާ ކުރުމާ ދެކޮޅަށް ނިކުތުމަށެވެ.

މޯލްޑިވިއަން އައިޑޮލްއިން ފާހަގަވި ހަމޫދުއާއެކު އެލީ ކިޔާފައިވާ މި ލަވައިގެ ވީޑިއޯ ތައްޔާރު ކޮށްފައިވަނީ ލަައިޓް އައުޓްގެ ފަރާތުންނެވެ. މިއުޒިކު ތައްޔާރުކޮށްފައިވަނީ ބީޓޮލިޖީ ސްޓޫޑިއޯއިންނެވެ.

މި ލަވައިގައި ގިނަ ބައެއްގެ ބައިވެރިވުން ފެނިފައިވާ އިރު، އެންމެ ހާއްސަ ކަމަކީ އެލީގެ އިތުރުން މިނިސްޓަރު މަހްލޫފާއި އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަސީމް) ވެސް ބައިވެރިވެވަޑައިގެންނެވި ކަމެވެ.

ލައިބާގެ މި އިބްރަތުން ފުރިގެންވާ ލަވަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން މީހުން ޝެއަރ ކުރަމުން ދާއިރު އެކި މުނާސަބަތުތަކާ ގުޅުވައިގެން ލައިބާ ދަނީ ލަވަ ރިކޯޑްކޮށް އާންމުންނާ ހިއްސާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: