ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ރަށު ބަންދުގައި ބައިތިއްބައިގެން އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދޭން”

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ”ރަށު ބަންދު” ގައި ބައިތިއްބައިގެން އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދޭން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލާގައި އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަދުރޭ މިއަދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ކޮވިޑް-19 ބަހަނާއަކަށް ހަދައިގެން ރައްޔިތުން ”ރަށު ބަންދު” ގައި ބައިތިއްބައިގެން އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުމަށް ކުރާ މަސައްކަތަކީ ޤާނޫނުން ލިބިދޭ ހައްގެއްގެ ދަށުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އެކަން ހުއްޓުވައި އިދިކޮޅު އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަންތައްތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމަށް ބުނެ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ ވަނީ މިއަދު އިންކާރުކުރައްވައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: