ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތުގައި ގައިދުރު ކުރުމަކީ ރަސޫލާގެ ސުންނަތް މުގުރާލުން: އިޔާޒް

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތުގައި ގައިދުރު ކުރުމަކީ ރަސޫލާ ﷺގެ ސުންނަތް މުގުރާލުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނާތީ އިސްލާމިކް މިނިސްޓްރީން ވަނީ ގައިދުރުކަމާއެކު ސަފު ހެދުމަށް އަންގާފައެވެ.

މި އެންގުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ފާހަގަ ވެސް ޖަހަމުންނެވެ.

ގައިދުރުކަމާއެކު ނަމާދުކުރަން ފާހަގަ ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ސިޓީ ކައުންސިލުން ކުރި ޓްވީޓަކަށް ކޮމެންޓް ކުރައްވާ އިޔާޒް ވިދާޅުވީ އެއީ ރަސޫލާގެ ސުންނަތް މުގުރާލަން ދެވޭ އެހީތެރިކަމެއް ކަމަށާއި އެފަދަ ނުރަނގަޅު އަމަލުތަކުން ދުރުވެ ﷲ އަށް ބިރުވެތިވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ގައިދުރުކޮށް ސަފުހެދުމަކީ އެހެން ދީންތަކުގައި ކުރާކަމެއް ކަމަށް ބުނާ ޕޯސްޓެއް ވެސް އިޔާޒް ވަނީ ޓްވީޓް ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: