ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަށް އަސްތައް ގެންނަން ބޯޓަށް އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އައްޑޫ ސިޓީ އަށް ގެނައުމަށް ނިންމާފައިވާ އަސްތައް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ބޯޓަށް  އަރުވައިފިއެވެ.

އެމްއެސްއެސްއިން ކުރި ޓްވީޓެއްގައި ބުނީ މިއީ އެ ބޯޓުގައި ދިރޭ ޖަނަވާރުތަކެއް އުފުލާ ފުރަތަމަ ފަހަރު ކަމަށެވެ.

އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗައިން ވަނީ ހުއްދަދީފިއެވެ.

އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ހުއްދަތަށް ކަމާގުޅޭ މިނިސްޓްރީންތަކުން ހޯދާފައިވާކަމުގައި މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައިސް މުޙައްމަދު ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

އަސްތައް ގެނައުމުން އައްޑޫ ރައްޔިތުންނަށްވެސް އަދި އެސިޓީއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށްވެސް އެޔަށް އަރާލެވޭނެ ގޮތް މިކަން އިންތިޒާމުކުރާ ފަރާތުން ހަމަޖައްސަވާނެކަމަށް ޤަބޫލުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: