ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަންކުރާ ކަމަށް ދެކެވެނީ އަސާސެއްނެތް ވާހަކަތަކެއް: ފެނަކަ

ފެނަކަ އެމްޑީ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތަކުން ފަތުރަމުންދާ ގެންދަނީ އަސާސެއްނެތް ވާހަކަތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ އިން މިހެން ބުނެފައިވަނީ އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން ފެނަކަ އިން ބުނީ އެފަދަ ވާހަކަތަކަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަޚުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ޙަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި ޢަމަލުތަކުގެތެރެއިން ކުރަމުންދާ ކަމެއް ކަމަށެވެ.

“18 ޑިސެމްބަރ 2018 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ޙަވާލުވުމަށްފަހު، މި ކުންފުނިން ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާޙާތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައި ކަން މިފުރުޞަތުގައި ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްއަރުވަމެވެ” އެ ބަޔާނުގައި ވެއެވެ.

އަދި އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ޤާއިމްކޮށް ޢަމަލުކުރަމުންދާ ކަމަށް ފެނަކަ އިން ބުނެއެވެ.

މީގެ އިތުރުން، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޤަވާޢިދެއް ނުވަތަ ޢުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާއިރު، ފާއިތުވެދިޔަ ކިލަނބު މާޒީގައި އެކުލަވާލެވިފައިވި އެފަދަ ޤަވާޢިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ފެނަކަ އިން ބުނެއެވެ.

“ހަމަ މިއާއެކު، މިކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ ޢަމަލުތަކެއްގެ ސަބަބުން އަދުގެ މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ މިކުންފުނީގެ އަދުގެ މެނޭޖްމަންޓުން ނުހަނު ހިތާމަކުރާ ކަމެކެވެ” ބަޔާނުގައި ވެއެވެ.

ފެނަކަ އިން ވަނީ ރައްޔިތުންގެ ޢާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްޞީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރައްވައިގެން، ކަމުގެ ހަޤީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މަޢުލޫމާތު ޢާންމު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: