ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔަންމާގައި ހިނގާދިޔަ ބަޣާވާތް ރާއްޖެއިން ކުށްވެރިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގައި ހިންގި ބަޣާވާތް ދިވެހި ސަރުކާރިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ، 1 ފެބްރުއަރީ 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގައި ރައްޔިތުންނާއި ދެކޮޅަށް ނޭއްގާނީ އަމަލުތަކެއް ހިންގާ ކަމަށާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަންވެސް ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާއި ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޤާނޫނާ ޚިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި، ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ދިވެހި ސަރުކާރުންވަނީ ގޮވާލާފައެވެ. އިންސާނީ ހައްގުތަކުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުމަށްވެސް ގޮވާލާފައިވެއެވެ.

އިތުރަށް ދިވެހި ސަރުކާރުން ބުނީ، އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، ވެރިކަމުގެ ބާރުތައްނޭޝަނަލް އެސެމްބްލީއާއި ހަވާލުކުރަން ޖެހޭ ކަމަށެވެ. އަދި، މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: