ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮލަށް ތުރާދޭ ބޯހިޔާވަހިކަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ބިމުގެ ދަތިކަމުގެ ވާހަކަ ދައްކައިގެން ވެރިކަމާއި މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމާއެކު ކުރިން ދެއްކި ވާހަކަތަކުގެ ރާގު ބަދަލުވީއެވެ. މާލޭގައި 2،500 އަކަފޫޓުގެ ބިމެއް އޮތް ކަމަކު އާއިލާ ބޮޑުކަމުން އެ ބިން ބެހީމާ މީހަކަށް 600 އަކަފޫޓޫ ނުޖެހޭ އާއިލާތައް ބައިވަރެވެ. ދައުލަތުން ލިޔުމެއް ދިނުމަކީ އޭގައި މަތިކޮށްފައިވާ ކަންކަން ފުރިހަމަ ނުވާހާ ހިނދަކު ބައިންޑިން އެއްޗަކަށް ނުވާނެކަމީ އެންމެ އާދައިގެ މީހާއަށްވެސް އެނގޭނެ ކަމެކެވެ. ދެރައީ ތި ގޮތަށް ޝަކުވާބަލާ މައްސަލަ ބަލާ ހަދަން ދެތިން އަހަރު ހޭދަވެގެން ދިޔައީމައެވެ. ތިއިން ތަނަކުން މީހަކަށް ހިޔާވަހިކަމެއް ނުލިބި ދިޔުމަކީވެސް ދެރަކަމެކެވެ. ކުޑަ މިނުން އަޅާފައި ހުރި ފްލެޓްތަކެއް ހަވާލުކޮށްލަން ދެ އަހަރު ދުއްވާލީމާ، ވެރިކަމުގައި ތިބިބައެއްގެ ޤާބިލުކަން ހުންނާނެ މިންވަރު އަންދާޒާކޮށްލެވެ އެވެ.

އެއްވެސް ބަޔަކު ހުސް ކަރުދާސް ގަނޑެއްގެ ވާހަކައެއް ނުވަތަ ދައުލަތުގެ ސިއްކަޖެހި ލިޔުމެއްގެ ވާހަކަ މިދިޔަ ދުވަސްތަކުގައި ނުދައްކައެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ބަޔަކަށް ދިނުމަށްޓަކައި ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެޅުވި އެއް ކޮޓަރީގެ ފްލެޓުތައް ކުންފުނިތަކަށް ވިއްކާލި ސަބަބެއް ނޭނގުނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ދެ ކޮޓަރީގެ ތަންތަން ފުރިހަމަ ނުކޮށް ރައްޔިތުންނަށް ދޭން ތިއުޅޭ ބޮޑު އަގާ ހިތްހަމަ ނުޖެހުގެން ރައްޔިތުން އުޅޭކަން ދެނަހުރި މީހަކު މި ސަރުކާރުގައި ނެތެވެ. މަޖިލިސް މެމްބަރުންތައް އެހެން ކޮންމެސް ކަރުދާސް ވާހަކަތަކެއްގެ ވާހަކަ ނަގައިގެން މީޑިއާގަ ގޭމް ކުޅެން އުޅުމުގެ މާބޮޑު ބޭނުމެއް ނެތެވެ.

މި ސަރުކާރަށް އަދި ބޯހިޔާވަހިކަމަށް މާބޮޑު ކަމެއް ކުރެވިފައިނުވާއިރު ރައީސް ޔާމީން އެޅި ފްލެޓްތައް އަތުލައި ބައިކޮޅަށް ބަހާލި މައްސަލަ ބަލަންޖެހެއެވެ. 11 ބުރިއަށް ހަދާފަހުރި ބޮޑު ގެއެއް ހުރި މީހުންނަށް ފްލެޓު ދީފައިވާތީ އެކަމުގެ ޝަކުވާތަށް ވެސް ހުށަހަޅާފައި ވެއެވެ. އެކަމަކު އޭގެން އެއްވެސް މައްސަލައެއް ބެލިފައެއް ނުވެއެވެ. ދައުވާ ކުރާ ވާހަކަ ދައްކާއިރު މިފަހަރު ނުހައްގުން ދިން މައްސަލައިގަ ދައުވާކުރަންޖެހެއެވެ. ފްލެޓް ދިނުމުގައި ލަސްތަކެއް ހުރިކަމަކަށް ގަބޫލުކުރުމުގެ ބަދަލުގައި ޔަގީންކުރަންވީ އެއްވެސް ކަމެއް ނުވާކަމަށެވެ. ކުރީގެ ސަރުކާރުން ބައެއް މީހުންނަން ފްލެޓް ލިބުނު ކަމަށް ލިޔުން ހަވާލުކުރުމުންވެސް އެތަނައް އެމީހުންނަށް ވަދެވޭނެ ގޮތެއްނުވިއެވެ.

މި ސަރުކާރުން ނެގި ކޮމިޓީން އާންމުކުރި ލިސްޓް ކުރީ ސަރުކާރުގެ ލިސްޓަށް ވުރެ ގޯހެވެ. އަދި ކުރީ ސަރުކާރުން އެފްލެޓުތައް ލިބެންވާ ފަރާތްތައް ހޮވާ އާންމުކޮށް ދޫކޮށްފައިވާ ދައުލަތުގެ ރަސްމީ ލިއުމެއް ބާތިލު ކުރެވިގެންވެސް ނުވާނެއެވެ.  އަދި އެލިއުން ލިބިފައިވާ ފަރާތަކަށް ފްލެޓް ލިބުނު މީހުންގެ ލިސްޓުން އުނިކުރެވިގެންވެސްނުވާނެއެވެ. މި ސަރުކާރުން އިތުރު ފުލެޓްތަކެއް އެޅިނަމަ ރައްޔިތުންގެ ޝަކުވާ ކުޑަވީސްކަން ޔަގީނެވެ.

މި ޝަކުވާ ބޮޑުވާންޖެހުނީ 20،000 ފްލެޓް އިމާރާތް ކުރަނެކަމަށް ބުނެފައި ދައުލަތުގެ ރިޒާވް ހުސްވިއިރުވެސް ފްލެޓެއްގެ މަސައްކަތް ނުފެށުމުންނެވެ.

އެޗްޑީސީގެ އެމްޑީ ވިދާޅުވީ ދިރިއުޅެން ހޯދާ ފްލެޓް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް ލިބޭ ކަމަށާއި އެކަމަކު އެކަން ހުއްޓުވަން ހުރަސްތައް އެބަހުރި ކަމަށެވެ. މިވެސް ބޮޑު ވިޔަފާރިއެކެވެ. މުއިއްޒު ކުރިން ދޫކުރި ފުލެޓްތައްވެސް ދީފައި ވަނީ ޕާޓީ ކުދިން އާމްދަނީ ހޯދަން ކޮށައިދިން މަގެއް ގޮތަށެވެ. ގިނަ މީހުން ބޮޑު އަގުގައި ކުއްޔަން ދީގެން މަންފާ ހޯދަނީއެވެ. މި ކަމަށް އޮތް ހައްލަކީ ކުއްޔަށް އުޅޭމީހާ އެކަން ރިޕޯޓް ކުރުމެވެ. އެހިސާބުން ފުލެޓް ލިބުނު މީހާ އަތުން އަތުލުމަށްފަހު ފުލެޓްގައި އުޅެމުންދާ މީހައަށް ދައުލަތުން ފުލެޓް ހަވާލުކުރެމެވެ. އޭނާ އެތަނުގައި އުޅޭނީ އޭނާ ދިރިއުޅެން ތަނެއް ބޭނުންވާތީއެވެ.

ކުއްޔަށް ނުދެވޭނެކަމަށް އޮތަސް އެންމެ ކުރިން ދިން ފްލެޓުތައް ވެސް އަދިވެސް ކުއްޔަށް ދީފައި އެބަހުރެއެވެ. އޭގެ ފަހުން ދެމުންއަންނަ ހުރިހާ ތަނަކުން ވެސް ގިނަ ޢަދަދެއްގެ ތަންތަން ހުރީ ކުއްޔަށް ދީފައެވެ. ފިޔަވަޅު އަޅަން ހުރަސް އޮންނާނެތާއެވެ. އަބަދުވެސް ކުރިމަތީގައި އިންތިޚާބެއް އޮންނަންޏާ ބަޔަކު ރުޅިއަންނާނެ ކަމެއް ކުރެވޭކަށް ނޯންނާނެތާއެވެ. މިހާރު އާ ގޮތަކަށް ރައްޔިތުން ގުބޯ ހައްދަނީއެވެ. ޖަވާބުދާރީ ކުރުވަނީ ނަމުގައި ހިތްނޭދޭ މީހާ ބޭރުކުރުމާއި، ރައްޔިތުން ގެކަންބޮޑުވުންތައް ހުންނަ ކަންކަމާއި ހަވާލުވެ ހުންނަ މީހަކު ސަލާމަތް ކުރުމަށެވެ.

ދައުރު ނިމޭއިރުވެސް ދާނީ މި ވަރަކުންނެވެ. ސުވާލުކޮށްލާ މައްސަލަ ބަލާ ޖަވާބުދާރީކޮށްކޮށް ތިބޭނީއެވެ. މިއީ ފުލެޓް އަޅާފަ ދިނީމާ ވީވަރެވެ. މިނިސްޓަރު އަސްލަމް ޒިންމާ އަދާނުކޮށްގެން ވަޒީރުކަމުން ބޭރުކުރާކަށް ނުކެރޭނެއެވެ. ފުލެޓް ވިޔަފާރިއަކީ ރައްޔިތުންނަށް ހެޔޮއެދިގެން ހިންގާ ވިޔަފާރި އެއްނޫނެވެ. ދެބޯގެރި ދުއްވައި ދުއްވައި 5 އަހަރު ނިންމާލާ ފްލެޓެއް ނޭޅުނުއިރު ބަޔަކު އެޅި ފްލެޓަކަށްވެސް ދައުރު ދެބައިވީއިރުވެސް ރައްޔިތަކަށް ވަދެވޭނެ ގޮތެއް ނުހޯދި އޭތި މީތި ކިއަނީއެވެ. މީން ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ރައްޔިތުން ހަނާ އަރުވާލާފަ ނޫނީ ނުދެއެވެ. ކޭބަޔަކު ކައިގެން ހިނގައްޖެއެވެ. އަނެއް ބަޔަކު ކަނީއެވެ.

ފުލެޓްގެ ކުލި ފިނިޝިން ނުނިންމާނަމަ ކުއްޔަކަށް ވާންޖެހޭނީ 5000 ރުފިޔާއެވެ. ފިނިޝިން ނިންމަން 3 މަސް ދުވަހަކީ ފައިސާނެތް ރައްޔިތުންނަށް ކުރު މުއްދަތެކެވެ. އެންމެ މަދުވެގެން 6 މަސްދުވަސް ވަރު ދޭންޖެހެއެވެ. ރައްޔިތުންގެ އަޑުއަހާ އޯގާތެރިބައެއްގެ ގޮތުގާ ވެރިކަމަށް ވަޑައިގެބނެވި ބަޔަކު މިކަންކަމުގާ އިތުރަށް ވިސްނަންވެއްޖެއެވެ. މީކީ ހަގީގީ ބޯހިޔާވަހިކަމެއް ނޫނެވެ. މީކީ ދާއިމީ ހައްލެއްވެސްނޫނެވެ. މީ ހަމަ ތަނެއް ކުއްޔަށް ހިފައިގެން އުޅުންކަހަލަ ކަމެކެވެ. ކުޑަ ހިތްހަމަޖެހުމެއް ލިބެނީ ތިމާއަށް އެތަން ލިބިފާވެޔޭ ބުނާތީއެވެ.

މީ ޤާނޫނުއަސާސީ އާއި ޤާނޫނުތައް ހިނގާ ގައުމެއް ނަމަ އެޗްޑީސީ ކިޔާ ކުންފުންޏެއްގެ ބާރު ދަށުގައި މީހުން ދުރިއުޅޭ ރަށެއް ނުވަތަ އަވަށެއްވެސް ނޯންނާނެއެވެ. އެއީ އެގޮތަކަށް އެކަމެއް ނުހިންގޭނެތީއެވެ. އެގޮތަށް އެކަން ހިނގާނަމަ މުޅި ގައުމުވެސް ކުންފުންޏެއްގެ ދަށަށް ގެންދިއުމުގެ ފުރުސަތު އޮންނާނެތީއެވެ. ވީމާ ބެލެވެނީ މީ ވަރަށް ނުބައި އަދި އެހާމެ ނުރައްކާތެރި ކޮރޮޕްޓް ޖަރީމާއެއްގެ ގޮތުގައެވެ. މޮޔަނުގޮވާށެވެ. ލިޔުންދިނީ ދައުރުގެތެރޭގައި ފުލެޓްއަޅާ ކެޓަގަރީތަކަށް ހުޅުވާލާ ރައްޔިތުންނަށް ފޯމުލާން ފުރުސަތުދީ ފޯމްތައް އިވެލުއޭޓްކޮށް ހާލަތުބަލައި ޕޮއިންޓްދީ ވަގުތީ ލިސްޓް އިޢުލާންކޮށް ޝަކުވާހުށައަޅަން ފުރުސަތުދީ ދާއިމީ ލިސްޓް އިއުލާންކޮށް ފުލެޓް ލިބުނުކަމަށް ލިސްޓްގައި ނަންއޮތް މީހުންނަށެވެ.

ދައުރު ނިމިގެން ދާއިރުވެސް މައްސަލަ ބަލާލަބަލާ ހައްލު ހޯދަން އުޅެއުޅެއެވެ. ފުލެޓްތައް އަޅާފަ ދިނީމަވެސް އެއިންތަނަކުން މީހަކަށް ހިޔާވަހިކަމެއް ހޯދާނުދެވި ތިން އަހަރު ނިމިނެނީއެވެ. މި މާލެއިން ބޮޑު ސަރަހައްދެއް ހިއްކާފަ ދިނީމަވެސް އެތަނުގެ ބޭނުމެއްވެސް ހިފާކަށް ނޭންގުނެވެ. ވިސްނުމެއް ރޭވުންތެރިކަމެއް ހިންގުންތެރިކަމެއް ހުނަރުވެރިކަމެއްވެސް ނެތީކަންނޭންގެއެވެ.

ރައީސެވެ. ހަމައެކަނި ސުރުހީއެއް އަޅާލިއަކަސް ނުފުދޭނެއެވެ. ރަށްރަށުން މާލެއައިތާ ފަސްއަހަރު ނުވާ މީހުންނަށް ފްލެޓްދިންއިރު މާލޭ ރައްޔިތުން މާލޭގައި ކުއްޔަށްއުޅޭތާ ވިހިއަހަރުވަނީއެވެ. ލިބޭހާލާރިއެއް ދަރިންގެކިޔެވުމާއި ކުއްޔަށްހަރަދުކޮށް ހުސްވަނީއެވެ. މިސަރުކާރުގައި ރަށްރަށުން އައިސް ކުއްޔަށްއުޅޭ މީހުންނަށް ފްލެޓް ލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. މިއީ ނާއުންމީދުގެ ސަރުކާރެކެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: