ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.އިޔާޒަކީ މުނާފިގެއް، އޭނާ ހައްޔަރުނުކޮށްފިނަމަ އަންހެން ދަރިން މަރަންވެސް ގޮވާފާނެ: އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަތީފު ހައްޔަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ  މެންބަރު ޢަލީ އާޒިމް ގޮވާލާފިއެވެ.

އާޒިމް ކުރި ޓްވީޓްގައި ވިދާޅުވެފައިވަނީ ޑރ.އިޔާޒަކީ މުނާފިގެއް  ކަމަށެވެ. އަދި އޭނާ ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

އާޒިމް  ވަނީ ދިވެހި މުޖުތަމައުގެ އިތުރުން، އިސްލާމީ އުންމަތް ބައިބައި ކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރަން  ގޮވާލާފައެވެ.

މީނާ ދޫކޮށްލާފައި ބަހައްޓާނަމަ އަންހެން ދަރިން މަރަންވެސް ގޮވާފާނެ.

އާޒިމް މިގޮތަށް ޓްވީޓް ކުރައްވާފައިވަނީ އިޔާޒު  ކުރެއްވި  ޓްވީޓަކަށް  ރައްދުދެއްވާފައެވެ. މިއަދަކީ ވަރަށް ބޮޑު ނުބައެއްގެ  ފެށުންކަމަށް އިޔާޒުވަނީ ޓްވީޓް ކުރައްވާފައެވެ. އިޔާޒު އަދި ގިނަ  ޢިލްމުވެރިން ދަނީ ޖަމާއަތުގައި ދުރުދުރުގައި ސަފު ހެދުމާއި ދެކޮޅަށް އަޑު އުފުލައްވަމުންނެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކަލޯ އާޒިމް! ކަލެޔާގެ އިޔާޒުގެ ވޯޓެއް މިއްދު ލިޔަސް ކަލެއަށް ލިބޭނީ މުކޮސް. ސައިޒު އޮޅިގެން ނޫޅޭ

  2. ނޫނޭ ، މިވަރުގެ ގޮތެއް ޮތެއް ނެތް ޖާހިލުބަޔަކު އުމުރުން މިހާދުވަސް ވީއިރުވެސް ނުދެކެން. ކަލެއަށް އެގޭގަތަ ކަލެއަކަށް އިލްމު ވެރިންނާ އަރާހަމަނުކުރުވޭނެކަން.

Leave a Reply to މަސްވެރިއެއް ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: