ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވަކަރުގޭ މީހުން ދައްކާ ބިރަކުން އަޅުގަނޑުމެންް ފަހަތަކަށް ނުޖެއްސޭނެ: ޒައިދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވަކަރުގޭ މީހުން ދައްކާ ބިރަކުން ފަހަތަކަށް ނުޖެއްސޭނެ ކަމަަށް ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިޔާޒް ޓެގް ކުރައްވައި ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނީ މީހުން ދައްކާ ބިރަކަށް ފަހަތަށް ޖެހުމެއް ނެތް ކަމަށާއި މިއީ އެމަނިކުފާނުގެ އިމްތިހާނުގެ ވަގުތު ކަމަށެވެ.

“ކެތްތެރިވާށެވެ! އެމްޑީޕީ ވަކަރުގޭ މީހުން ދައްކާ ބިރަކުން އަޅުގަނޑުމެންް ފަހަތަކަށް ނުޖެއްސޭނެއެވެ.” ޒައިދު ވިދާޅުވިއެވެ.

އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.

އިޔާޒު ސަސްޕެންޑް ކުރިކަން އެންގީ އިއްޔެ އެވެ. އޭނާ ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.

އެނގިފައިވާ ގޮތުގައި ޑރ. އިޔާޒް ސަސްޕެންޑް ކުރީ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޓްވީޓްތަކެއްގެ މައްސަލައެެއްގައެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 85%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޔުނިވާރސިޓީ ބަންދު ދުވަހެއްގައި ޢިޔާޒަށް އިދާރީ ފިޔަވަޅު އެޅުނީ ކިހިނެއްބާ ތިޔައީ ވެސް ކޮރަޕްޓް ފިޔަވަޅެއް !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: