ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަސްޕެންޑް ކުރި މައްސަލާގައި އިޔާޒްގެ ދިފާއުގައި މަލީހް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓް ތަކެއްގެ މައްސަލާގައި އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާގެ ދިފާއުގައި މިދިޔަ ހަފްތާގައި ޓެލެކޮމިއުނިކޭޝަން މިނިސްޓަރުގެ މަޤާމުން ވަކިކުރި މުހައްމަދު މަލީހު ޖަމާލު ނިކުންނަވައިފިއެވެ.

ޑރ. އިޔާޒު ވިދާޅުވީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މި މައްސަލާގައި މަލީހް ކުރެއްވި ޓްވީޓެއްގައި ވަނީ ޚިޔާލުފާޅު ކުރުމުގެ ހައްގުގެ މިނިވަންކަން ހަނިކުރަމުންގޮސް ބަހެއްބުނާ މީހާ ވަޒީފާއިން ވަކިކޮށް ސަސްޕެންޑްކޮށް މިހަދަނީ ކޮން ޤާނޫނެއްގެ ދަށުންތޯ ސުވާލު ކުރައްވާފައެވެ.

“ދިވެހިން ހޯދި ޑިމޮކްރަސީގެ ދަންމަރު ނިއްވާލަން ބަޔަކު ހޭބޯނާރައި މަސައްކަތްކުރަނީ. ޑރ.އިޔާޒު ސަސްޕެންޑެއް ނުކުރެވޭނެ.” މަލީހް ވިދާޅުވިއެވެ.

އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.

އިޔާޒު ސަސްޕެންޑް ކުރިކަން އެންގީ އިއްޔެ އެވެ. އޭނާ ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: