ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންޔާގެ ތާއީދު މުޢިއްޒަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވާ ކަމަށް އެމަނިކުފާނާއެކު ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ހާމަ ކުރައްވައިފިއެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން ޑރ. މުއިއްޒަކީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހާނެ ބޭފުޅެއް ކަމަށެވެ. ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

“ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ގާބިލް ހާދިމެކެވެ”. ދުންޔާ ކުރެއްވި ޓްވީޓްގައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒުގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރުއާއި، އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: