ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދު ބޮލާލާ ޖެހީ އެމްޑީޕީން، ކޯލިޝަން އޮތީ ރޫޅިފައި: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަން ވައުދު ބޮލާލާ ޖެހީ އެމްޑީޕީން ކަމަށް ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރުކަމުން ދާދި ފަހުން ވަކިކުރެއްވި މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން އެގްރީމަންޓްގައި އެއްބަސްވެވިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް އިއްތިހާދުވެގެން ދާން ކަމަށާއި ނަމަވެސް އެ ވަޢުދު ބޯލާލާޖެހީ އެމްޑީޕީން ކަމަަށެވެ.

“ކޯލިޝަން އޮތީ ރޫޅިފަ. ރައްޔިތުންނަށް ވައުދުވީ ކޯލިޝަން އެގްރީމަންޓްއާއި ޙިލާފުވެއްޖެނަމަ އިންތިޚާބަކަށް ދާން.” މަލީހް ވިދާޅުވިއެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކުރީ 59 މެމްބަރުންގެ ވޯޓުންނެވެ.

އެ ޖަލްސާގައި ޖަވާބު ދާރީ ވަރުމުން މަލީހު ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ކުރިއަށްދާ ޒާތީ މައްސަލައެއް ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: