ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޮގަސްޓު މަހު ފެށުމަށް ނިންމައިފި

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓަށް ބަދަލުކޮށްފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރު ބަދަލުކޮށް، އައު އަހަރުގެ ކިޔެވުން އޮގަސްޓް މަހުގައި ފަށާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން އޯގަސްޓް މަހު ފަށާގޮތަށް ނިންމީ ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ފަހުން ދިރާސީ އަހަރު ފެށިގެން ދާނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ ތެރޭގައި ކަމަށާއި މި ބަދަލާއެކު ދެން ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅާއި ޖުލައި މަހުގެ ކުރީކޮޅު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ޓާމު ނިންމާ، ޓާމު ބަންދާއެކު ދެ ހަފްތާ ނުވަތަ ތިން ހަފްތާ ޑިސެމްބަރު ފަހުކޮޅު ވެސް ޗުއްޓީގެ ގޮތުގައި ލިބޭނެ ކަމަށެވެ.

މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ އޮގަސްޓް މަހު ކިޔަވަން ފަށާ ގޮތަށް ބަދަލު ކުރުމަކީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންގެ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މި ބަދަލު ގެނައީ އެފަރާތްތަކާއި ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބަދަލާއި އެކު ބެލެނިވެރިންނަށް ދަރިވަރުންނާއި އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޓީޗަރުންގެ ޚިޔަަލު ކޮބާ؟ ވަރަށް ދެރަ ކަމެއް
    ސިވިލްސާވިސްގެ މުއްއަޒަފުންގެ ހައްގުވެސް ފޭރުގަތީ ޗުއްޓީ 30 ދުވަސް އެއްފަހަރާ ނުދީ

Leave a Reply to މުރާ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: