ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ޒަހަމްވެ ބިދޭސީއަކު މަރުވެއްޖެ

ފޮޓޯ: އާކައިވް.. ފުލުހުންގެ މައި އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްދޯންޏެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި ޒަހަމްވި މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރިއެއްގައި އެކަކުގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 3:50 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ޒަޚަމްވި މީހާއަށް ފަރުވާދެމުންދަނިކޮށް މިއަދު 11:59ގައި އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 42 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: