ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ނަހުލާ “ސްލޯ” ކަމަށް ރައީސް އެއްބަސްވެއްޖެ، ޓްރާންސްޕޯޓް އޮތޯރިޓީވެސް އުވާލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މަސައްކަތްތައް ވަރަށް ބޮޑަށް “ސްލޯ” ކަމަށް އެއްބަސްވެ ވަޑައިގެން، ޓްރާންސް ޕޯޓު އޮތޯރިޓީވެސް އުވާލަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި، ކެމްޕޭނު ޓީމުތަކާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އާދިއްތަ ދުވަހުގެ ރޭ ބައްދަލުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްތަކާއެވެ.

ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދާ “ރަށްވެހި ފަތިސް” ކެމްޕޭނު ޖަލްސާގައި ކެންޑިޑޭޓަކު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅުންހުރި ބައެއް ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

ރައީސް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީ އާ ދޭތެރޭ ގާނޫނީ ފުށުއެރުންތަކެއް ހުރުމުން، މިހާރު ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވާލަން ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ފުރުސަތު ނުދީ ޖޫރިމަނާކުރުމާއި ލައިސަންސް ކާޑު ދޫކުރުން ލަސްވާ މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީ ދޮށަށް ބަޔަކު އެއްވެ ނުރުހުންފާޅުކޮށްފައިވެސް ވެއެވެ.

ބޯޑުތަކެއް ހިފައިގެން ގޮސް ހައެއްކަ މީހުން ގޮވާލީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކަށް އަމަލުކޮށްގެން ނަމަވެސް ލައިސަންސް ނެގުމުގެ ފުރުސަތު ދިނުމަށެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ލައިސަންސް ނެތި ދުއްވާއިރު ބޮޑު އަދަދުން ޖޫރިމަނަކުރުމެވެ.

މީގެ އިތުރުން ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ކުޑަކުދިންނަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރަށްވެރި ފަތިން ކެމްޕޭން ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ލައިސަންސް ޖޫރިމަނާއާ ގުޅޭ ގޮތުން ކެނޑިޑޭޓަކު ފާޅު ކުރެއްވި ކަންބޮޑުވުމަކާ ގުޅިގެން ރައީސް ވިދާޅުވީ އުމުރުން 18 އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވައިގެން ޖޫރިމަނާ ކުރާ މައްސަލަ މާލޭގައި ވެސް ވަރަށް ބޮޑު ކަމަށެވެ.

“ޖޫރިމަނާ ދައްކަން އޮވެއްޖިއްއާ ކައިވެނި ވެސް ނުކުރެވޭ. ކޯޓުން މި އަންގަނީ އެބައޮތޭ ޖޫރިމަނާއެއް އެ ނުދައްކަނީހެއް ނުކުރެވޭ. އެހެން ތިބޭ ކުދިން ވެސް އެބަހުރި. އެކަހަލަ ކަންތައް ހުއްޓުވައިގެން ނުވާނެ. އެއަށް ހައްލެއް ހޯދައިދޭނަން،” ރައީސް ވިދާޅުވި އެވެ.

އާދިއްތަ ދުވަހުގެ ރޭ އޮތް ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މިނިސްޓްރީގެ ހިނގުން އަވަސްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ދޫކޮށްލެވިއްޖެ ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށެވެ. އަދި މި ސަރުކާރުން އެ ދިމާލަށް މަސައްކަތްކުރާނެ ކަމަށެވެ.

“އަޅުގަނޑަށްވެސް ފެންނަނީ ހަމަ އެތަނުގަ މައްސަލަތައް ހިނގުން ލަސްކަމަށް. ޓްރާސްޕޯޓް އޮތޯރަޓީއާއި ޓްރާސްޕޯޓް މިނިސްޓްރީ އާއި ދޭތެރޭގައި ގާނޫނީ ފުށޫ އެރުންތަކެއްވެސް ހުރުމާއިއެކީގަ އެބަ މައްސަލަތަކެއް ނިކުމޭ. މިހާރު އަޅުގަނޑުމެން ވާނެ ރައްޔިތުންގެ މަޖިލީހަށް ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމަށް، އެ ގާނޫނު އުވާލުމަށް ހުށަހަޅާފަ” ރައީސް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އާއި މިނިސްޓަރު “ސްލޯ” ވެއްޖެ ކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވިއިރު، އެމިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަނުގެ ހާއްޔެއް އުފެދިފައިވާ ކަމުގެ ތުހުމަތުވެސް އަންނަނީ ކުރެވެމުންނެވެ. އެގޮތުން ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ކުންފުންޏަކާ ހަވާލުކުރި ގޮތް މާލިއްޔަތު ގަވައިދާ ޚިލާފުކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ސިޓީއަކުން ހާމަވެފައިވެއެވެ.

ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ހަނިމާދޫ އެއާޕޯޓަށް، ފަސިންޖަރުން އުފުލާ ދެ ބަސް ހޯދަން ހަވާލުކުރި ކުންފުނިން އެއްބަސްވުމާ ޚިލާފަށް ބާ ބަސްތަކެއް ގެނައި ކަމުގެ ޝަކުވާ ބޮޑުވުމުން، އެ ބަސްތައް މަރާމާތުކޮށްފައި ދިނުމުން ޓްރާންސްޕޯޓް މިނިސްޓްރީން އެއާ ހަވާލުވި މައްސަލައެއް ފެންމަތިވެފައިވެއެވެ. އަދިވެސް މިނޫން ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: