ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭއަދަބީ ބަސް ބޭނުން ކުރި މައްސަލާގައި މޮސްޓާއަށް ނަސޭހަތްތެރި ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭ އަދަބީ ބަސް ބޭނުން ކުރައްވައިގެން މުއާމަލާތް ކުރެއްވި މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް މަޖިލީހުން ނަސޭހަތްތެރިވެއްޖެއެވެ.

އޭނާ އަށް އަޅާ ފިޔަވަޅުގެ ގޮތުގައި ލިޔުމުން ނަސޭހަތްތެރިވުމަށް މަޖިލީހުގެ ރައީސަށް ލަފާ އެރުވީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ (ކ) ދަށުންނެވެ.

މޮސްޓާއަށް ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސް އެޕް ގްރޫޕްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އަމާޒުކޮށް ބޭއަދަބީ ބަހުން މުހާތަބުކުރައްވާފައިވާ މައްސަލައިގައެވެ.

ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި މެމްބަރަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އަބުރާއި ކަރާމާތާއި ޝަރަފު ދެމެހެއްޓުމަށްޓަކާ، މެމްބަރަށް ނަސޭހަތްތެރިވެވަޑައިގެންނަވާ ލިޔުން ވެސް ފޮނުއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: