ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މިއަހަރުގެ ނިޔަލަށް ލިބިގެންދާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ބޭރުގެ އިންވެސްޓިގޭޓަރަކު ގެނެސްގެންކަމަށާއި، އެމައްސަލައިގެ ފުރިހަމަ ރިޕޯޓު ލިބޭނީ މިއަހަރުގެ ނިޔަލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރޭ ބޭއްވި “ރަށްވެހި ފަތިސް” ކެމްޕޭން އިވެންޓްގެ ތެރޭގައި ރައީސް ޞާލިޙު ވިދާޅުވީ ރިޟްވާންގެ އާއިލާއަށް ކޮމިޝަންގެ ފަރާތުން އަޕްޑޭޓް އަރުވަމުން ގެންދާ ކަމަށެވެ.

ރިލްވާންގެ މައްސަލަ ބަލަމުން އަންނަ މަރު ކޮމިޝަނުން މިހާތަނަށް ވަނީ މައްސަލަ އާއި ގުޅުން ހުރި ވަޅި އާއި ބެހޭގޮތުން ސާބިތު ހިފޭވަރުގެ ސައްޚަ މައިލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000ރ (ފަސް ލައްކަ ރުފިޔާ)ގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެފައެވެ.

ކަމިޝަނުން ބުނީ މައްސަލައިގެ ތަހްގީގަށް އެންމެ މުހިއްމު ހެއްކަކީ ވަޅި ކަމަށާއި، ވަޅީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހްލީލު ކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: