ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހޯމަ ދުވަހު ހުއްޓާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހު 15 ވާ އަންނަ ހޯމަ ދުވަހަށްފަހު މާލޭގައި ކޮވިޑް-19 އާ ދެކޮޅަށް ޖަހަމުން އަންނަ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދެމުން ގެންދާތާ ވަރަށް ދުވަސް ވެއްޖެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑް ވެކްސިނުގެ ދެވަނަ ޑޯޒު ޖަހަން ފައްޓަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އަޅުގަނޑުމެން ހިޔާލު ކޮށްގެން މިތިބީ، މާލޭގައި ފުރަތަމަ ޑޯޒުޖެހުން 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެވަނަ ޑޯޒު ޖެހުން.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިނުގެ ދެވަނަ ޑޯޒު ޖެހިގެން ނޫނީ މި ބަލިން މުޅިން އެކީއެކައްޗަކަށް ސަލާމަތްވުމާއި ރައްކާތެރިވުމުގެ ބައި ފުރިހަމަނުކުރެވޭނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހޯމަ ދުވަހަކަށް ފަހު އެކަން ނިމުމަކަށް ގެންނާނެ ކަމަށާއި، ދެން މާލޭގައި ފައްޓާނީ ދެވަނަ ޑޯޒު ޖެހުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުވާލެއްގެ މައްޗަށް 10،000 ވެކްސިން ޖެހުމުގެ ގާބިލުކަން ރާއްޖޭގައި ހުރި ކަމަށެވެ. މީގެ އިތުރުން މާލޭގެ ހުރިހާ ރައްޔިތުންނަށް މިމުއްދަތުގައި ކޮވިޑްގެ ފުރަތަމަ ޑޯޒު ޖަހާ ނިންމާލެވޭނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: