ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތާއެކު މިދިޔަ އަހަރު ތެރޭގައި ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކުރެވުނު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނުފަހުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ރާއްޖެއަށް ޙާޞިލުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އިއްޔެ ފާހަގަކުރި މިއަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބާގައި ފޮނުއްވި ޙާއްޞަ މެސެޖްގައެވެ.

ކޮމަންވެލްތު ދުވަހަކީ ދުނިޔޭގެ 6 ބައްރަކަށް ނިސްބަތްވާ 54 ކޮމަންވެލްތް ޤައުމުގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރާ ދުވަހެކެވެ. 2.4 ބިލިއަން މީހުންގެ އާބާދީ ހިމެނޭ “ކޮމަންވެލްތް އޮފް ނޭޝަންސް” ނުވަތަ ކޮމަންވެލްތް ޢާއިލާގެ މެދުގައިވާ މި ގާތްގުޅުން، މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ތީމް “ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ” އިން ސިފަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދަތި ޙާލަތުގައި ހޯދިފައިވާ އައު އީޖާދުތަކާއި ހެޔޮ ބަދަލުތަކަކީ މި ގުޅުމުގެ ހެއްކެއްކަން ރައީސުލްޖުމްހޫރިއްޔާވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެހީތެރިވެ އުޅުމުގައި ފުރިހަމަ މިސާލު ދައްކާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވިއެވެ.

ރައީސްގެ މެސެޖްގައިވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނުތާ އަހަރެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ކޮމަންވެލްތްއާ ގުޅިގެން ރާއްޖެއަށް ޙާޞިލުކުރެވިފައިވާކަން ފާހަަކުރައްވާފައެވެ.

ކޮމަންވެލްތްއަކީ އެ ޢާއިލާގައި ހިމެނޭ ކުދި ޖަޒީރާ ޤައުމުތުތަކަށް ޚާއްޞަ ސަމާލުކަމެއްދޭ ނަމޫނާ ޖަމުޢިއްޔާއެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ކޮމަންވެލްތު ޢާއިލާގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ ވެކްސިން ހުރިހާ ޤައުމަކަށްވެސް ބޭނުންވާވަރަށް ހޯދުމަށްޓަކައި ކޮމަންވެލްތްއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކޮށް އެކަމަށްޓަކައި އެޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު ރުވާންޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، ކޮމަންވެލްތު ޤައުމުތަކަށް ކުރިމަތިވާ އާންމު މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ލިބިގެންދާނެކަން އުއްމީދުކުރައްވާކަމަށް ރައީސް ޞާލިޙްވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: