ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށް ކުންފުނީގެ މެނޭޖްމެންޓުން ނިންމައިފިއެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ތަހްނިޔާ ކިޔާ އެޗްޑިސީން ބުނީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް އިންސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަން ބައި ވުމެން ސެންޓަރާ ގުޅިގެން ހާއްސަ ސެޝަނެއް ބާއްވާފައިވާ ކަމަށެވެ.

އެ ސެޝަންގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސުހެއިލް އަހުމަދުގެ ވަމީ “ކަނބަލުންގެ ޗުއްޓީ” ގެ ނަމުގައި ހާއްސަ މެޑިކަލް ލީވްއެއް އެ ކުންފުނިގެ އަންހެނުންނަށް ދޭން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

މިއީ ދިވެހި ކުންފުންޏަކުން މިފަދަ ޗުއްޓިއެއް ދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: