ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ތަޅުމަށް ދާންވެސް ތައްޔާރު، ބިރެއް ނުގަނޭ: މަލީހް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ދާންވެސް ތައްޔާރު ކަމަށާއި ޖެހިލުން ނުވާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ، ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބިރުދައްކަވާ ކަމަށް ތުހުމަތު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ މައްސަލާގައި މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް މަލީހު ހާޒިކުރު ކުރުމަށް މިއަދު ނިންމެވުމާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން މަލީހު ވިދާޅުވީ ސުލޫކީ ކޮމިޓީ އަށް ވެސް އަދި މަޖިލީހުގެ ތަޅުމަށް އަނެއްކާ ހާޒިރުވާން އެންގިޔަސް ދާން ތައްޔާރު ކަމަށާއި، ތައްޔާރުވެގެން ދާން ބޭނުންވާނީ އެންމެ ފަސް މިނެޓް ކަމަށެވެ.

“ތިބޭފުޅުންނަށް ބިރު ދެއްކޭނީ އެހެން މީހުންނަށް. އަޅުގަނޑު ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ. ޑަރުވެސް ހިތަށް ނާރާ” މަލީހު ވިދާޅުވިއެވެ.

މަލީހު ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫންއެވެ. އެގޮތުން މަލީހު ކޮމިޓީއަށް ހާޒިރުކުރަން ނިންމި ނަމަވެސް އަދި ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: