ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލި މައްސަލާގައި ބާޣީ ލުތުފީ ޖަލަށް ލާން ހުކުމް ކުރީ އެންމެ ހަތް މަހަށް

ހުޅުލެ ، 10 ޖުލައި 2019 -- ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށް ރާއްޖެ ގެނައުން -- އަހުމަދު ޝުރާއު | އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލުމުން އެނބުރި ރާއްޖެ ނައިސް ފިލި މައްސަލައިގައި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހރު ފޮނުވުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. ޢުމުރުން 70 އަހަރަށްވުރެ މަތިވެފައިވާ ލުޠުފީ އޭގެ ފަހުން ހުރީ ޖަލަށް ގެންގޮސްފައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

އޭނާ ބޭސްފަރުވާއަށް ފޮނުވުން ފިލި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އޭނާގެ ވަނީ ފިލިކަމަށް އެއްބަސްވެފައެވެ. އަދި ޝަރީޢަތުގައި ވާހަކަދައްކަމުން އޭނާ ވަނީ ބޭސްފަރުވާއަށް ފޮނުވުމުން ފިލިކަމަށް އެއްބަސްވެ އެންމެ ވީހާވެސް އަވަހަށް ހުކުމްކޮށްދިނުމަށާއި، ވީއެންމެ ކުޑަ ޙުކުމެއް ކުރުމަށް ޝަރީޢަތުގައި އެދިފައެވެ.

ލުތުފީ ފިލި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ލުތުފީ ކުރިން އަޑުއެހުމުގައި މައްސަލައަށް އިއުތިރާފް ވެފައިވާތީ އިއުތިރާފްވީ މަޖުބުރުކޮށްގެންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ލުތުފީ ބުނީ އިއުތިރާފްވީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.

މި މައްސަލާގައި ދެ ފަރާތުން ރިއާޔަތް ކުރި ކަންކަމަށް ބިނާކޮށް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ލުތުފީގެ މައްޗަށް ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ގާނޫނުގައި އޮންނަ ގޮތުން ލުތުފީގެ އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ. އެކަމަކު ދައުވާއަށް އިއުތިރާފްކޮށް އަދަބު ލުއިކޮށްދޭން އެދުމުން އެ އަދަބު ކުޑަކުރެވެން އޮންނަ މިންވަރަށް ހަތް މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމް އިއްވަން ގާޒީ ނިންމެވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: