ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން މިއަދު ހަވީރު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެެރިންނާއި ބައްދަލުކުރެއްވުން -- ވީފޮޓޯ : އަހުމަދު ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު 04:00 ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މި ބައްދަލުވުން އޮންނާނީ އޮންލައިންކޮށް ކަމަށާއި، ޓީވީ މީޑިއާތަކުން ޕްރެސް ލައިވް ކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލު ކުރެެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެއީ ކޮވިޑު-19 ގެ ފިޔަވަޅުތައް ލުއިކޮށް، ބަލިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މިއަދު ރައީސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ، އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިނަށް ޕާޓީ އޮފީހުގައި އޮތް ބައްދަލުވުމެއް ނިންމަވާފައި ރައީސް ބޭރަށް ނިކުމެވަޑައިގަތް ވަގުތު ނޫސްވެރިންތަކެއް މަގުމަތިން ސުވާލު ކުރުމުންނެވެ.

ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހް ވަނީ ކޮންމެ މަހަކުވެސް ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: