ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ މީހުންނަށް ބިން ދިނުމަށް އިތުރު ބިމެއް ހިއްކަނީ

ގުޅީފަޅުު. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގައި ހިމެނޭ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އިތުރު ބިމެއް ހިއްކަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކާއި ގުޅިގެން އަސްލަމް ވިދާޅުވީ ސަރުކާރުގެ ވިސްނުމުގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ބިން ދޫކުރުމުގެ ވިސްނުން ހުރި ކަމަށެވެ.

“ރައީސް ދާދި ފަހުން ވިދާޅުވި އަދި އެހެން ވިސްނުމެއް އެބަ ގެންގުޅުއްވަމޭ އިތުރު ގޯތި ލިބޭނެ ގޮތެއް ހެއްދެވުމަށް. އަޅުގަނޑަކަށް ނޭގެ އަޅުގަނޑު ކަމެއް މިކަން އިއުލާނު ކުރަން ޖެހޭނީއެއް. އަޅުގަނޑަށް އެނގޭ ސަރުކާރުގެ ވިސްނުމެއް އެބައޮތްކަން އިތުރު ބިމެއްގެ ވިސްނުމެއް މާލޭގެ ރައްޔިތުންނަށް” އަސްލަމް ވިދާޅުވި އެވެ.

މިކަމުގެ ތަފްސީލު ދެއްވަމުން ނަޝީދު ވިދާޅުވީ މާލޭ މީހުނަށް ބިން ކަނޑާފައި ގޯތި ދޭން ބިން ހިއްކުމަށް ބޭނުންވާ ލޯނު ނެދަލެންޑްސްގެ އައިއެންޖީ ބޭންކުން ނެގުމަށް މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ލޯން ހަމަޖެހުނުހާ އަވަހަަކަށް ބިން ހިއްކަަން ފަށާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: