ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރްއެމްއިން އިދިކޮޅާ ގުޅެން އުޅެ ކަމަށް ދެކެވޭ ވާހަކަތަށް ޔުމްނާ ދޮގުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއިން އިދިކޮޅާ ގުޅެން އުޅެ ކަމަށް ދެކެވޭ ވާހަކަތަށް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ދޮގުކުރައްވައިފިއެވެ.

“ރާއްޖެއެމްވީ” އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް މައުމޫނު 2023ގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަން އާ ގުޅެ އެތެރެން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީ އިން މި ފަދަ ނިންމުމެއް ނިންމާއެއް ނުވޭ ކަމަށާއި މި ފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވާ ކަަމަށެވެ.

“މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ.” ޔުމްނާ ވިދާޅުވިއެވެ.

ރާއްޖެ އެމްވީގެ ހަބަރުގައި ވަނީ އިދިކޮޅުން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބާއްވާ އެއްވުންތަކުގައި އެމްއާރްއެމް އަށް ނިސްބަތްވާ މެމްބަރުން ބައިވެރިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން އެ ނޫހަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމް އޮފީސް ހުންނަ ހެންވޭރު އުރަފާ އިމާރާތާއި ޖެހިގެން އިން ގުދަން ރައީސް މައުމޫންގެ އެދުމުގެ މަތިން ޖަގަހައެއް ހެދުމަށް ދީފައިވާ ކަމަށް ވެސް އެ ޙަބަރުގައި ވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: