ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ނަގައިގެން ކުށްވެރިއަކަށް ލުޔެއް ނުދޭނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މީހެއްގެ އަތުން ފައިސާ ނަގައިގެން މިހާތަނަށް އެއްވެސް ކުށްވެރިއަކަށް ލުއިދީފައި ނުވާނެކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މަޢާފްދީ އަފްޢާމް ދެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅިވީ ޖަލުގައި ތިބި ކުއްވެރިންނަށް މައާފްދިނުމުގައި އަމަލުކުރާ ގޮތްތަކެއް ހުންނަކަމަށާއި، އޭގެތެރެއިން އެއްގޮތަކީ ކްލެމެންސީ ބޯޑަށް އެ ކުށްވެރިއަކު މައްސަލަ ހުށައެޅުމުން އެ މައްސަލައެއް ބެލުމަށްފަހު ރައީސްގެ އަރިހަށް ފޮނުވުމުން އެމައްސަލަތަކަށް ބެއްލެވުމަށްފަހު މަޢާފްދެއްވަން ފެނިވަޑައިގަންނަވާ ގައިދީންނަށް ލުއިދިނުންކަމަށެވެ.

ދެވަނަ ގޮތަކީ ކްލެމެންސީ ޤާނުނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ގައިދީއެއްގެ ހުކުމުގެ 4 ބައިކުޅަ 1 ބައި ފުރިހަމަކޮށްފައިވާ މީހުންގެ ސިއްޙީ ހާލަަތަށް ބެލުަމަށްފަހު ލުއިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ގައިދީންނަށް މައާފްދިނުމާއި ލުއިދިނުން ކުރިއަށް ގެންދަވާކަަމަށާއި، ނަމަވެސް މިހާތަަނަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނަގައިގެން ކުއްވެރިއަކަށް ލުއިދީފައި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ނުވެސް ކުރާނެކަަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

“ހުންނާނެ ކްލެމެންސީ ބޯޑުން އަޅުގަނޑާ ހަމައަށް ފޮނުވައިގެން ލުއިދިނުމަށާއި، ޤާނޫނުގެ ދަށުން ލުއިދޭއިރުވެސް ކަރެކްޝަންގެ ފަރާޔުން މަޢުލޫމާތު ހޯދާފައި އެއީ މުޖުތަމައުއަށް ދޫކޮށްލަން އެކަސީގެންވާވަރުގެ މީހެއްތޯ ބަލާފަ ނޫނީ އަޅުގަނޑުމެން ނުވާނެ ދޫކޮށްފައެއް. އަޅުގަނޑު ޔަޤީންކަމާއެކު މިދަންނަވަނީ ރައީސް އޮފީހުގެ ތެރެއިން ، ރައީސް އޮފީހުން މީހެއްގެ އަތުން ފައިސާ ނަގައިގެން ކުއްވެރިއަކަށް ލުއިދީފައެއް ނޯންނާނެ. އެ ޔަޤީންކަން އަޅުގަނޑު އެބައޮތް. އެކަމެއް އަޅުގަނޑު ނުވެސް ކުރާނަން.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ 2019 ވަނަ ޢަހަރު ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ 201 ޤައިދީއެއްގެ އަދަބު ލުއިކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: