ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީއާރް ޓެސްޓުން އަގު ނެގުން ހުއްޓާލަން ޑީއެންއޭއިން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ހަދާ ޕީސީއާރް ޓެސްޓު ހެދުމަށް އަގު ނެގުން ހުއްޓާލަން ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގޮވާލައިފިއެވެ.

ޑީއެންއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން، ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެތުރިފައިވާ ޞިއްޙީ ބަލިމަޑުކަމާއި އިޤްތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ވޭނާއި ކެކުޅުމުގެ ތެރޭގައިވެސް ޟަރޫރީ ޙާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށްޓަކައި މަޖުބޫރީ ޙާލަތުގައި ހަދަން ޖެހިފައިވާ ޕީ.ސީ. އާރު ޓެސްޓު ހެދުމަށް ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުންދާ އަގަކީ ބޮޑު އަގެއް ކަމަށެވެ.

އަދި މިއީ ރައްޔިތުންގެ އަސާސީ ޙައްޤަކުން މަޙްރޫމު ކުރުވަން އޮތް ފުރުސަތެއްކަމުގައި ސަރުކާރުން ހަދާފައިވާ ކަމަށް ބުނެފައިވެއެވެ.

“ދުނިޔޭގެ ބާޒާރުގައި ޕީ.ސީ. އާރު ޓެސްޓް ކިޓެއްގެ އަގު ހުރި ގޮތުން މި ރާއްޖެއާ ހަމައަށްގެނައުމަށް ކިޓެއްގެ އަގަކީ ގާތްގަޑަކަށް 5 ޔޫއެސްޑޮލަރު (77 ދިވެހި ރުފިޔާ) އާއި 15 ޔޫއެސްޑޮރު (231 ދިވެހި ރުފިޔާ) އާ ދެމެދުގެ އަގެކެވެ. ކޮންމެހެން ދަތުރެއްކުރަންޖެހިގެން މަޖުބޫރީ ޙާލަތުގައި ރައްޔިތަކު ޕީ.ސީ. އާރު ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލަކުން ހަދާނަމަ 1000 ރުފިޔާގެ އަގެއް ދައްކަންޖެހެވެ. މި އަގަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރެއްކުރުމުގެ ޓިކެޓްގެ އަގާ އެއްވަރުގެ އަދަދެކެވެ” އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން މި ބަޔާނުގައި ވަނީ ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސި.އާރު ޓެސްޓް ހަދައިދޭ އަގަށްވުރެ ކުޑަ އަގެއްގައި ޕްރައިވެޓް ބައެއް ހޮސްޕިޓަލްތަކުން ޓެސްޓް ހަދައި ދެމުންދާކަން ވެސް ފާހަގަކޮށްފައެވެ.

“އެހެންކަމުން އެންމެ ނިކަމެތި ރައްޔިތު މީހާގެ އަތުން 1000 ރުފިޔާ ނަގައިގެން، ސަރުކާރުގެ ހޮސްޕިޓަލުން ޕީސީއާރް ޓެސްޓް ހަދަމުންދާތީ، މިކަމާމެދު ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވޭ. މި މައްސަލައާމެދު އަވަސް ފިޔަވަޅުތަކެއް މިހިނދުން މިހިނދަށް ސަރުކާރުން އަޅުއްވައިދެއްވައި، ޟަރޫރީ ޙާލަތްތަކުގައިވެސް ދަތުރުފަތުރު ކުރުމަށްޓަކައި ހަދަން މަޖުބޫރުވެފައިވާ ޕީސީއާރު ޓެސްޓް ހެދުމަށް، އެއްވެސް ދިވެހި ރައްޔިތެއްގެ އަތުން ފައިސާއެއް ނަގަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް ގޮވާލަން” އެ ބަޔާނުގައި ވެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން އުފެއްދި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގައި ހަރަކާތްތެރި ވަނީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ބްރޮޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު އަބްދުﷲ ޝުޖާއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: