ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީޙް ޖޭޕީއިން ވަކިވެވަޑައިގެންފި

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީ އާއި ވަކިވެވަޑައިގެންފިއެވެ.

މަލީހު މިގޮތަށް ނިންމެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެމްޕޭނު ޖަލްސާއެއްގައި މަލީހު ބައިވެރިވެ ވަޑައިގެންނެވުން އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މަލީހު ވިދާޅުވީ ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރުވެސް ގާސިމު ހުންނެވީ ހަނު ކަމަށެވެ.

އިތުބާރު ނެެތްކަމުގެ ވޯޓަކުން މަލީހު މިނިސްޓަރު ކަމުގެ މަގާމުން ދުރުކުރީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: