ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ޒަހާ އަށް ފުރިހަމަ އިތުބާރު އެބައޮތް: މައުމޫން

އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ގެނައި ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުމާ ގުޅިގެންނެވެ. މި މައްސަލަ މަޖިލީހަށް ވައްދައިފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުންނެވެ. މި މައްސަލަ ވައްދާފައިވަނީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ.

މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރްއެމްގެ ފުރިހަމަ އިތުބާރު ޒަހާ އަށް އެބައޮތް ކަމަށާއި މަސްވެރިކަމުގެ ދާއިރާ އާއި މަސްވެރިންނަށް އަދި ގައުމަށް ޒަހާ ހިދުމަތް ކުރައްވަމުން ގެންދަވަނީ ވަރަށް ފުރިހަމަ ގޮތެއްގައި ކަމަށެވެ.

އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: