ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މަސްވެރިންގެ ގާތަށް ވޯޓު ހޯދަން އަންނަންވީ މިނިސްޓަރު ޒަހާ މަގާމުން ވަކިކޮށްފައި: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން މަސްވެރިންގެ ގާތަށް ވޯޓު ހޯދަން އަންނަންވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަކިކޮށް، ގާބިލް މިނިސްޓަރެއް އެމަގާމަށް ގެނެސްފައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރުއާ ހަވާލާދީ ޑީއާރުޕީން ކުރި ޓްވީޓެއްގައި ވަނީ އެމްޑީޕީން މަސްވެރިންގެ ގާތަށް ވޯޓު ހޯދަން އައުމުގެ ކުރިން މިނިސްޓަރު ޒަހާ އެމަގާމުން ވަކިކޮށް މަސްވެރިންނަށްވީ ވައުދުތައް ފުއްދޭވަރުގެ މިނިސްޓަރެއް އެ މަގާމަށް ގެންނަން ޖެހޭ ކަމަށެވެ.

“ހުރިހާ މަސްވެރިންވެސް މިކަމަށް ސަމާލުކަނަ ދިނުމަށް ގޮވާލަން.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވިއިރު، ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ހުށަހަޅާފައެވެ. މި މައްސަލަ މަޖިލީހަށް ވައްދައިފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުންނެވެ. މި މައްސަލަ ވައްދާފައިވަނީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ.

އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިޤްތިސާދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާއަތުން ނުރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށް އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައިވެއެވެ.

އަދި މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުމުގެ ޒިންމާ މިނިސްޓަރު ޒަހާ އަދާ ނުކުރެވޭތީ އެކަމަށް އެމަޤާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނޭކަމެއްކަމަށްވެސް މައްސަލައިގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: