ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގެންޖެހޭ: ޑރ. އިޔާޒް

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ދާއިރާގެ ރައްޔިތުން ނުހުހިއްޖެނަމަ މަޖިލިސް މެމްބަރުންގެ ވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގެން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ސިއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިޔާޒް ވިދާޅުވީ ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި ފަނޑިޔާރުންނާއި މެދު އިތުބާރު ނެތް ކަމަށް ވޯޓު ނެގޭއިރު، މަޖިލީހުގެ މެމްބަރުންނާ ދޭތެރޭ ވެސް އެގޮތަށް ކަންތައް ކުރެވެން ޖެހޭނެ ކަމަށެވެ.

“މަޖިލިސް މެމްބަރުންނަކީ ވަކި ގާނޫނަށްވުރެ މަތީގައި ތިބޭ ބައެއްތޯ؟ މެމްބަރެއްގެ ދާއިރާގައި ރައްޔިތުން، އެ މެމްބަރަކާ ދޭތެރޭގަ އިތުބާރު ނެތް ކަމަށް ވަނީނަމަ އެ މެމްބަރެއްގެ ނޯ ކޮންފެޑެންސް ނެގޭ ގޮތަށް އެބަ ހަމަޖައްސަން ޖެހޭ.” އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ މިހާރު މަޖިލިސް އެކުލެވިފައި އޮތް ގޮތުން އަޅުގަނޑުމެންނަކަށް އެމީހުންގެ ފަރާތުން މާބޮޑު ފައިދާއެއް ނުވާ ކަމަށާއި ލިބެނީ ގެއްލުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: