ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަހާގެ މައްސަލަ ހުށަހެޅީ ކޯލިޝަން ތެރޭ ފިތުނަ އުފައްދަން: އެމްއާރުއެމް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށްބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އެ ޕާޓީން ނެރުނި ބަޔާނެއްގައި ބުނީ މިނިސްޓަރ ޒަހާއަކީ މެރިން ބައޮލޮޖީ އަދި އޯޝަނޮގްރަފީ ދާއިރާއިން ޖޮއިންޓް އޮނާރސް ޑިގްރީ ފުރިހަމަ ކުރައްވާ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖުމަންޓް) ދާއިރާއިން މާސްޓަރސް ޑިގްރީ ހައްދަވައިގެން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

“މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެން 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި އޮތް މަސްވެރިކަމުގެ ޤާނޫނު ޒަމާނީ ޤާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަވާލެއްވިއެވެ. އަދި ކޮވިޑްގެ ދަތި ޙާލަތުގައިވެސް އިޤްތިޞާދީ މުހިންމު ސިނާޢަތްތަކެއް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވި އެވެ. މިއާއިއެކު ޔޫރަޕްގެ މާކެޓްގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ޕެސްޓިސައިޑް ޤާނޫނެއް ވުޖޫދަށް ގެންނެވުމާއި، މެރިކަލްޗރ ސިނާޢަތެއް ރާއްޖޭގައި ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.” އެމްއާރުއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އެކަންކަމުގެ އިތުރުން މިފްކޯގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މިނިސްޓަރ ޒަހާ އިސްވެ ހުންނަވައިގެން ޕްލޭންތައް ހައްދަވައި އެކަމުގެ ޢަމަލީ މަސައްކަތް ފެއްޓެވި ފެއްޓެވުމުންވެސް މިނިސްޓަރ ޒަހާގެ ހިންގުންތެރިކަމާއި ޤާބިލުކަން އެނގިގެން ގޮސްފައިވާ ކަމަށް ވެސް އެމްއާރުއެމުން ވަނީ ބުނެފައެވެ.

“ކޯލިޝަން ސަރުކާރުން ޤައުމުގެ އިސް މަޤާމުތަކުގައި އަންހެނުންނަށް ފުރުޞަތުދެއްވާފައި ވާއިރު އެކަމާއި ޙަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން ތިއްބެވުމަކީ މި ޕާޓީއިން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކެމެކެވެ. ޤައުމުގެ ތަރައްޤީއަށް އަންހެނުންގެ ޙިއްޞާ އިތުރު ކުރުމަކީ ނުހަނު ބޭނުންތެރިކަމަކަށް ވާއިރު، މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތެކެވެ.” އެބަޔާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އެމަނިކުފާނުގެ ސިޔާސަތުތައް ދަމަހައްޓަވާ، ސަރުކާރާއި ރައްޔިތުންގެ ޚިދުމަތުގައި މިނިސްޓަރ ޒަހާއަކީ ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: