ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރުނެތް މައްސަލާގައި މިނިސްޓަރު ޒަހާއަށް ނޯޓިސް ފޮނުވައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު/ ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރު ޒަހާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވިފައިވާ ކަމަަށެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުންނެވެ. މި މައްސަލަ ވައްދާފައިވަނީ 10 މެމްބަރުންގެ ސޮޔާއި އެކުއެވެ.

މި މައްސަލާގައި ޒަހާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ވަނީ އޭނާ ދިފާއުކޮށްފައެވެ.

އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތު ދީފައިވާ ކަމަށާއި އެކަމާ ހަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން އެބަތިބި ކަމަށާއި އެކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.

ގައުމުގެ ތަރައްގީއަށް އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަަމަށާއި މިއީ އެކަމާ ދެކޮޅު މަސައްކަތެއް ކަމަށް އެ ޕާޓީން ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: