ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހު ސުލޫކު ކޮމިޓީއަށް ހާޒިރުކުރުން ހޯމަ ދުވަހު

މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް: ފޮޓޯ ކޮމިއުނިކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހޯމަ ދުވަހު ހާޒިރުވުމަށް އަންގައިފިއެވެ.

މަލީހަށް ސުލޫކު ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައިވަނީ ހޯމަ ދުވަހުގެ 11:00 އަށެވެ.

މަލީހް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މައްސަލައިގައި ޖަވާބު ދެއްވަމުން ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރިފަހުން މަލީހް އަންނަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އަދި އިދިކޮޅި ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެފައިވާއިރު އޭނާވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ފާޑުވިދާޅުވެ ޕާޓީންވެސް ވަކިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: