ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ގަތުމަށް ސިރަމް ކުންފުންޏާއެކު ސޮއިކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ވެކްސިން ގަތުމަށްޓަކައި ރާއްޖެއިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ނިންމައި ނެރުނު ގަރާރެއްގައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުނު ގަރާރުގައި ބުނެފައިވަނީ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ވެކްސިނަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށްވުމާއި އެ ވެކްސިން ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެމުން ނެތުމާާއި އަދި އެ ވެކްސިން މުޅި ދުނިޔޭގަައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމަންޓް އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މިގޮތުން، އަމަލު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަން ޖެހޭ މާއްދާ އެވެ.

ގަރާރުގައި އިތުރަށް ބުނީ އެ މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާއެކު ސޮއި ކުރެވޭ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގައި އަމަލު ކުރަން ޖެހޭނީ އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުރެވޭ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

Leave a Reply to އަރްތޫރު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: