ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ހިންގި މާރާމާރީއެއްގައި 7 މީހަކަށް އަނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ދެ ގްރޫޕްކުން ހިންގި މާރާ މާރީއެއްގައި 7 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައި ދެ ގްރޫޕޫޕެއްގެ ދެމެދުގައި ހިނގި މާރާ މާރީއެއްގެ މައްސަލަ މިރޭ 18:30 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މިމާރާމާރީގައި 7 މީހަކަަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލެތު ސެންޓަރުގައި ފަރުވާދެމުންދާއިރު، ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައިވެސް ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން އުތުރަށް ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: