ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ ރެކޯޑް ޢަދަދަކަށް ކޮވިޑް ވެކްސިން ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ލައްކައަކަށް ވުރެ ގިނަ މީހުން މިހާތަނަށް ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 11،474 މީހަކު އިއްޔެ އެކަނި ވަނީ ވެކްސިން ޖަހާފަ އެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ ރާއްޖޭގައި އެންމެ ގިނައިން ވެކްސިން ދިން ފުރަތަމަ ފަހަރެވެ. އޭގެތެރެއިން 6،015 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. ބާކީ 5،459 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މުޅި ރާއްޖެއިން މިހާތަނަށް 186،930 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 105،836 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. ބާކީ 81،094 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމިޔަސް އެ ތާރީހުގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާނެ ކަމަށެވެ.

އެ ފަރާތްތަކަކީ:

ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމުގައިވާ އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުންޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން

(އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި) ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން

(އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި) ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން

ބައްޔެއްގެ ސަބަބުން، ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފްތާފަހުން ކަމަށް ކުރިން ނިންމާފައި އޮތަސް މިހާރު އަމަލުކުރަން އުޅެނީ އެ ނިންމުމާ ޚިލާފަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: