ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޑޭ ފުށް ގަނޑެކޭ އެޗްޕީއޭ އެކޭ ތަފާތެއް ނެތް: ޒައިދު

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮޑޭ ފުށްގަނޑެކޭ އެޗްޕީއޭ އެކޭ ތަފާތެއް ނެތް ކަމަަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އުސޫލެއް އެޗްޕީއޭއިން ކަނޑައެޅުމާއި ގުޅިގެންނެވެ.

އެގޮތުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭއަކީ މިހާރު އެއްވެސް ވަރަކަށް އޭނާ އިތުބާރު ކުރާ ތަނެއް ނޫން ކަމަށެވެ.

“މޮޑޭ ފުށްގަނޑެކޭ އެޗްޕީއޭ އެކޭ ނެތް ތަފާތެއް. މުޅިން އަގު ވެއްޓިއްޖެ. ސިޔާސީ މީހުންނަށްޓަކާ އެނގި ތިބެ ގޯސް ނުހައްދަވާ.” ޒައިދު ވިދާޅުވިއެެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ހިންގުމާ ގުޅޭ ގައިޑްލައިނަށް އެޗްޕީއޭ އިން ރޭ ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ ގައިޑްލައިންގެ ދަށުން ކަރަންޓިނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދެނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

އެ ދަތުރުގައި ކެންޑިޑޭޓު ކަނޑައަޅާ ފަސް މިހުންނަށްވުރެ އިތުރުނުވާ އަދަދަށް މީހުން ބައިވެރި ކުރެވިދާނެ ކަމަށް އެ ގައިޑްލައިންގައި ބުނެ އެވެ.

ފަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ، 10 ދުވަހުގެ މުއްދަތަށް ކަރަންޓިންވާން ޖެހެ އެވެ.

އޭގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވަންޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: