ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންބަރާ އިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަކުރި ވާހަކަ ފުލުހުން ދޮގުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވ.އަތޮޅުގެ އަންބަރާ އިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރެއް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އަންބަރާ އިން މަސްތުވާތަކެއްޗާ އެކު ޕާޓީކުރަން ތިބި 95 މީހުން ހިމެނޭ ބޮޑު ގްރޫޕެއް ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ ކަމުގެ ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ހުއްދަ ނުހޯދައި އަންބަރާއަށް ދަތުރުކުރި 95 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އަދި އެމީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތު ކުރެވިފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން އެ ފަރާތްތައް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ނުކުރެވޭ ކަމަށާއި އެހެންކަމުން އެ ފަރާތްތައް މަސްތުވާތަކެއްޗަށް ޓެސްޓުކޮށްފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ކެޕޭސިޓީ އަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރުކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: